Sunday, July 31, 2011

ފުލުހުން ރޯދަ މަހަށް ހާއްސަ އޮޕަރޭޝަންތަކެއް ހިންގަނީ.......


ކޮންމެ އަހަރެއްގެ ރޯދަ މަހަކީ ވެސް، އެކްސިޑެންޓަތައް އިތުރުވެ މާރާމާރީއައި ވައްކަން ކުރުން ފަދަ ކުށްތައް އިތުރު މަހެއް. ނަމަވެސް އެފަދަ ކަންތައްތައް ވީހާވެސް މަދު ކުރުމަށް އެހެން އަހަރުތަކާއި ހިލާފަށް އެކަމަށް ޓްރެއިން ކުރެވިފައިވާ ފުލުހުން މާލެ ތެރެ ބެލެހެއްޓުމަށް ނެރޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސަސްއިން މައުލޫމާތުދޭ. އެހެން އަހަރުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ވައްކަމާއި ފޭރުން ފަދަ ކުށްތައް އެންމެ އާއްމުކޮށް ހިންގާފައިވަނީ ރޯދަ ވީއްލާ ވަގުތާއި، ފަތިސް ނަމާދު ވަގުތަށް ނަމާދަށްދާ ވަގުތު ކަމަށްވާތީ ފުލުހުންވަނީ އެވަގުތުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލާފައި. އަދި ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުންވެސް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރޭ........

Saturday, July 30, 2011

ރަމަޟާން މުބާރިކު

ބަރަކާތް ތެރި ރަމަޟާން މަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ތިޔަ ލޮބުވެތި ދިވެހި އެންމެހާ އަހުންނާއި އުހުތުންނަށް އަރިސް ކުރަމެވެ. މިމައްސަރުގެ ހެޔޮކަން އެންމެ ފުރިހަމަ ގޮތުގައި ތިޔައިގެ ތެރެއިން ކޮންމެ މީހަކުވެސް ލިބިގަންނާނެ ކަމަށް އުންމީދު ކުރަމެވެ.

މިއަހަރުގެ ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ މާދަމާ ކަމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން އިއުލާން ކޮށްފި.


މިއަހަރުގެ މުލަ ރޯދަ ދުވަހަކީ ހޯމަދުވަސް ކަމަށް ކަނޑައަޅާފައިވަނީ ހަނދު ސާބިތު ކުރުމަށް އިސްލާމީ މަރުކަޒުގައި ރޭ ބޭއްވި ބައްދަލުވުމުގައި.
މިއަހަރުގެ ރަމަޟާން މަހުގެ ހަނދާ ބެހޭ ގޮތުން މިނިސްޓަރް އޮފް އިސްލާމިކް އެފެއާޒް ޑރ. ޢަބުދުލް މަޖީދު ޢަބުދުލް ބާރީ ސޮއިކުރައްވައި ނެރުއްވި ގަރާރުގައި ވަނީ ދިވެހިރާއްޖޭގެ އެއްވެސް ތަނަކަށް މިރޭ ރަމަޟާން މަހުގެ ހަނދު ފެނިފައި ނުވާތީއާއި، އިސްލާމީ އެއްވެސް ގައުމަކަށް ރަމަޟާންމަހުގެ ހަނދު ސާބިތުވިކަމުގެ ރަސްމީ ހަބަރު ލިބިފައި ނުވާތީއާއި، ރަމަޟާން މަހާއި ޝައްވާލް މަހާއި ޒުލްޙިއްޖާ މަހުގެ ހަނދު ބެލުމަށް ރާއްޖޭގައި އަމަލުކުރުމަށް ހަމަޖެހިފައިވާ އުސޫލުގައިވާ ގޮތުގެ މަތިން، މާދަމާ މީލާދީ ސަނަތުން 2011 ވަނަ އަހަރުގެ ޖުލައިމަހުން 31 ވާ އާދީއްތަ ދުވަހަކީ 1432 ވަނަ އަހަރުގެ ޝައުބާން މަހުން 30 ވަނަ ދުވަސް ކަމުގައްޔާއި މިއަހަރުގެ ރަމަޟާން މަހުގެ އެއް ވަނަ ދުވަހަކީ އޯގަސްޓްމަހުގެ އެކެއްވާ ހޯމަދުވަސްކަމުގައި ކަނޑައަޅާ" ކަމަށް.  

ގދ. ތިނަދޫގެ ނަން ހަވަރުތިނަދުއަށް ބަދަލުކުރުމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭގޮތުން ރައްޔިތުންނާ މަޝްވަރާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ވަފުދެއް ތިނަދުއަށް ގޮސްފި.

ގދ. ތިނަދޫގެ ތަރައްޤީއަށް ސަރުކާރުން ހިންގަވަމުން ގެންދަވާ މަޝްރޫޢުތަކާއި އަދި ސަރުކާރުން އެރަށުގައި ފަށްޓަވަން ހަމަޖެހިފައިވާ މަޝްރޫޢުތަކާބެހޭގޮތުން ރައްޔިތުންނަށް މަޢްލޫމާތު ދެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޚާއްޞަ ވަފުދެއް އެރަށަށް މިއަދު ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އުފެއްދެވުމަށް ހަމަޖައްސަވާފައިވާ ތިނަދޫ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާބެހޭގޮތުންނާއި، ތިނަދޫ ރައްޔިތުން ބިންވެރިކުރެއްވުމަށް ހިންގަވާ ޕްރޮގްރާމާބެހޭގޮތުންނާއި، ތިނަދޫގެ ބިން ހެޔޮގޮތުގައި ބޭނުން ކުރެވޭނެ ގޮތްތަކާބެހޭގޮތުންވެސް ވަފުދުގެ ބޭފުޅުން ރައްޔިތުންނާ މަޝްވަރާ ކުރައްވާނެއެވެ. އަދި ތިނަދޫގެ ނަން ބަދަލުކުރުމަށް ތިނަދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ހުށަހަޅުއްވާފައިވާތީ، އެކަމާގުޅޭގޮތުން ސަރުކާރުގައި ހުރި ތާރީޚީ މަޢްލޫމާތުތައް މި ވަފުދުގެ ބޭފުޅުން، ރައްޔިތުންނާ ޙިއްޞާ ކުރައްވައި މިކަމާގުޅޭގޮތުން މަޝްވަރާ ބަދަލުކުރައްވާނެއެވެ.
މި ވަފުދުގައި ހިމެނިވަޑައިގަންނަވަނީ، މިނިސްޓަރ އޮފް ހޯމްއެފެއާޒް ޙަސަން ޢަފީފާއި، މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމާއި، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އިނާޒާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުޙަންމަދު ޒުހައިރާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އެގްޒެކެޓިވް ސަރވިސަސް ސެކްރެޓަރީ މުޙަންމަދު ޒިޔާދާއި، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރ އަޙްމަދު ނަޞީރާއި، ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދާއިރާގެ މެންބަރު މުޙަންމަދު ޤަސަމްއާއި، ރައްޔިތުންގެ މަޖިލީހުގެ މަޑަވެލީ ދާއިރާގެ މެންބަރު މުޙަންމަދު ނާޒިމާއި، ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ޙާމިދު ޢަބްދުލްޣަފޫރާއި، ހިއުމަން ރައިޓްސް އެމްބެސެޑަރ މުޙަންމަދު ލަޠީފާއި، ޕަބްލިކް އެންޓަރޕްރައިސަސް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ބޯޑުގެ މެންބަރު ޢަދުނާން ޙަލީމެވެ.
މި ވަފުދުގެ ބޭފުޅުން، މިކަންކަމާގުޅޭގޮތުން މިރޭގެ ވަގުތެއްގައި ރައްޔިތުންނަށް މަޢްލޫމާތު ދެއްވައި، މަޝްވަރާ ކުރައްވާ ގޮތަށްވަނީ ހަމަޖެހިފައެވެ.

Friday, July 29, 2011

Demonstration(muzaaharaa)

Question: Is it from the means of the da’wah to stage demonstrations for the purpose of solving the problems of the Islaamic Ummah?
Answer:

Answer: Our religion is not a religion of chaos. Our religion is a religion of discipline, and a religion of order, and calm, and tranquility. And demonstrations are not from the actions of the Muslims and it is not something the Muslims are familiar with. And the religion of Islaam is a religion of calm, and a religion of mercy, and a religion of discipline; not chaos, and not disorder, and not (a religion) of inciting trials (fitan). And this is the religion of Islaam. And rights are earned by asking for them in the manner legislated by the Shar’iah and through ways legislated by the Shar’iah. And demonstrations cause bloodshed and cause the ruination of wealth (of the Muslims). And these matters are not permissible.
Shaykh Saalih al-Fawzaan
Taken from: Majmoo' Fataawa wa Rasa'il - Volume Two, Number 141, 143, and 146

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ދެއްވި 108 ވަނަ ރޭޑިޔޯ ޚިޠާބު

މިއަދަކީ، ރޯދައިގެ ކުރިއަށް އަޅުގަނޑުމެންނަށް އޮތް އެންމެފަހު ހުކުރު ދުވަސް. އަޅުގަނޑުމެންގެ ކުރިމަތީގައި މިއޮތީ ބަރަކާތްތެރި ރޯދަމަސް.
އެނގިވަޑައިގަންނަވާނެ، ރޯދައިގެ ބޭނުންތައް ކިތަންމެ ގުނައަކަށްވާއިރު، ބަނޑުހައިހޫނު ކަމުގައި ތިބި ނިކަމެތި ފަޤީރުންނާއި، އަޅުގަނޑުމެންނަށްވުރެ އެތައްއެތައް ތަނަކުން ދެން ހެދޭނެ އެއްވެސް ގޮތެއްނެތިފައިތިބި އެތައް ބައިވަރު ފަޤީރުންނެއްގެ މަތިން ހަނދާންކޮށް، ކޮންމެވެސް މިންވަރަކަށްނަމަވެސް، އެފަދަ ބަދުނަސީބު ގޮތްތައް ދިމާވެފައިތިބި މީހުންގެ މަތިން ހަނދާންކޮށް، އަޅުގަނޑުމެން މާތްރަސްކަލާނގެ ކިބައަށް، ޝުކުރުވެރިވުން އެއީ، އަޅުގަނޑަށް ހަމަކަށަވަރު، ހުރިހާ ބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ، ރޯދައިގެ ވަރަށްބޮޑު އެއް ބޭނުން.
އަޅުގަނޑުމެންނަށް ކުރިމަތީގައިމިވާ މަހުގައި ވީހާވެސް ގިނަ ހެޔޮކަންތަކެއް ކުރުމާއި، އެކަކު އަނެކަކާއަޅާލުމާއި އިޚްލާޞްތެރިވުމާއި، އިޙްސާންތެރިވުމާއި، އީމާންތެރިވުމަކީ ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑުމެން އެންމެންނަކީ ހުރިހާ ރޯދަމަހެއްގައިވެސް، އެމަހަށް އަބަދުވެސް އުންމީދުކުރާ އަދި ރޯދައިގެ އުފާވެރިކަންވެސް، ރޯދައިގެ އަޅުކަންވެސް، އަޅުގަނޑުމެން ލިބިގަންނަން ބޭނުންވާ، އެކަން ކުރަން ބޭނުންވާ ބައެއް.
ރޯދަމަސް އަޅުގަނޑުމެންނަށް ކިތަންމެ ސަބަބަކާއެކު މުހިންމުވެގެންދޭ. ރޯދައަކީ، އެނގިވަޑައިގަންނަވާނެ، ބަދުރު ހަނގުރާމައިގެވެސް މަސް، މައްކާ ފަތަޙަކުރެވުނުވެސް މަސް. އަދި ވަކިން ޚާއްޞަކޮށް ރޯދައަކީ، ޤުރްއާންވެސް ބާވައިލައްވަން ފެށުނު މަސް. އަޅުގަނޑުމެންނަށް މި މަހާ ގުޅޭގޮތުން ދީނީ ދަންނަ ބޭކަލުން ދެއްވާފައިވާ ހެޔޮލަފާ އިރުޝާދާއި ނަސޭހަތް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނެ. އެ ނަސޭހަތްތަކާ އެއްގޮތަށް ރޯދަމަހުގައި އަޅުގަނޑުމެންގެ ކަންކަން ބެހެއްޓުމަކީ، ކޮންމެހެން ބޭނުންތެރިކަމެއް. އަޅުގަނޑުމެންނަށް އަހަރަކުން މިލިބެނީ މިފަދަ އެއްމަސް. މިލިބޭއިރު މިމަހުގެ ފުރިހަމަ ބޭނުންކުރުމަކީ ހަމަކަށަވަރުންވެސް ބުއްދިވެރިކަމެއް.
ރޯދަމަހުގެ ތެރޭގައި ސަރުކާރުވެސް އަދި އެހެން މަސައްކަތްވެސް ހިނގަމުންދާނެ. އެހެން މަސްތަކަށްވުރެ ރޯދަމަހުގައި އަޅުގަނޑުމެން އެންމެންގެވެސް ވަރުބަލިކަން ބޮޑުވާނެ. އަދި ހައިހޫނު ކަމުގައި ތިބީމާ، ބައެއް ފަހަރަށް ރުޅިވެސް ގަދަވެދޭ. އެހެންނަމަވެސް، ރޯދައިގެ އެއްބޭނުމަކީ، ކެތްތެރިކަން އަޅުގަނޑުމެންނަށް ލިބިގަތުން. އެހެންވީމާ، ރުޅިވެރިކަން ތިރިކޮށް، ކެތްތެރިވެ އަޅުގަނޑުމެން މި މަހުގައި ވީހާވެސް ހެޔޮކޮށް އުޅުމަކީ، އަޅުގަނޑުމެން އެންމެންނަށްމެ، މަންފާއާއި ލާބަ ލިބޭނެ ކަމެއްކަން ކަށަވަރު.
އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެންނަށް މިއަދަށްވުރެ އަދި މާ ފާގަތި މާދަމައެއް ލިބުން. އަޅުގަނޑުގެ ދުޢާއަކީ، އަޅުގަނޑުމެނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބުން.


والحمد للّـه. والسّـلام عليـكم

Wednesday, July 27, 2011

Democracy and it's Islaamic Ruling

if someone asks you: “what is democracy?”
Answer:

Say: it is when people govern themselves by themselves without a (revealed) Book or Sunnah. If it is said to you: “What is its ruling?”
Say: It is major Shirk (polytheism). The proof for this is Allah’s saying:
“Verily, the rule belongs to none but Allah.” [Surah Yoosuf: 40]?
Shaykh Yahyah Al-Hajooree
“Al-Mabaadee al-Mufeedah fit-Tawheedi wal-Fiqhi wal-‘Aqeedah” Basic Principles on the Subjects of Tawheed, Fiqh and ‘Aqeedah: Points 45 and 46. By Shaikh Yahyaa bin 'Alee Al-Hajooree Al.IBAANAH Book Publishing.

ކުރިން ނޭޝަނަލް ލައިބްރަރީ ހުރި ބިއްލޫރި ޖެހިގޭގައި މާލޭ ސިޓީ ކައުންސިލުގެ އިދާރާ ހުޅުވައިފި.


މާލޭ ސިޓި ކައުންސިލްގެ އިދާރާ ހުޅުވުމަށް އިއްޔެ މެންދުރު ބޭއްވި ރަސްމިއްޔާޔު ޝަރަފުވެރިކޮށްދެއްވާ އެއިމާރާތް ހުޅުއްވާ ދެއްވީ ރައީސް ނަޝީދު. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހި ސަރުކާރުގެ ތިންބައިކުޅަ އެއްބަޔަށްވުރެ ގިނަ މަސައްކަތްތައް ހިނގަނީ، މާލޭގައިކަން ފާހަގަކުރައްވަމުން، ރާއްޖޭގެ އާބާދީގެ ތިންބައިކުޅައަށްވުރެ ގިނަ މީހުން މާލޭގައި ދިރިއުޅެމުންދާ ކަމަށް ވިދާޅުވި. އެހެންވީމާ، ސިޓީ ކައުންސިލްގެ ވާޖިބަކީ، މާލޭގައި ދިރިއުޅޭ އެންމެންނަށް، ވީ އެންމެ ރަނގަޅަކަށް މާލޭގައި ދިރިއުޅެވޭނެ ގޮތެއް ހޯދައިދިނުން ކަމުގައި ވިދާޅުވި. އަދި ލާމަރްކަޒީ އުޞޫލުން ސިޓީ ކައުންސިލް ހިންގުމުގެ އޮނިގަނޑުގައިވާ ގޮތުގެ މަތިން، އިރާދަކުރެއްވިއްޔާ، މާލޭގެ ކަންތައްތައް، އެކައުންސިލުން ފުރިހަމައަށް ބަލަހައްޓަވަމުން ގެންދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސިޓީ ކައުންސިލްގައި ތިއްބެވި ހުރިހާ މެންބަރުންނަކީވެސް، ވަރަށް ވާދަވެރި އިންތިޚާބެއް ކާމިޔާބު ކުރައްވައިގެން، ގޮނޑި ފުރުއްވަމުން ގެންދަވާ ބޭފުޅުންކަން ފާހަގަކުރައްވަމުން، މާލެއާ ގުޅޭގޮތުން އެބޭފުޅުންނަށް ނުވިކަމެއް، އެހެން ސަރުކާރަކަށް އަދި އެހެން މީހަކަށްވާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމުގައިވެސް ވިދާޅުވި.

The Wisdom Behind Fasting

From the wisdom of fasting is that: It is an act of worship done for Allaah, in which the abd (servant) draws closer to His Lord by abandoning the things that he loves and desires, such as food, drink and sexual intercourse. So because of this, the truthfulness of his Faith and the completeness of his servitude to Allaah become apparent, as well as his love for Allaah and his longing for what Allaah has prepared for him (of good). This is since the one who fasts does not abandon something that is beloved to him except for that which is greater to him than it (which is Allaah). When the believer knows that Allaah's contentment lies in the fasting  which is abandoning those desires that he naturally loves he will give his Lords contentment precedence over his desires. So he abandons his desires no matter how much he longs and yearns for them, because his delight and the tranquility of his soul lies in his abandoning all that for the sake of Allaah.
Because of this, many of the believers، if one of them were to be beaten or forced to break his fast during a day in Ramadaan without a valid excuse, he would not break his fast. So this is from the greatest and most profound aspects of wisdom behind fasting.
And from the wisdom behind fasting is that it is a means of attaining Taqwaa, as Allaah says: O you who believe! Fasting is prescribed for you as it was prescribed for those before you, in order that you gain Taqwaa. This is since a person who is fasting is commanded to do the obligatory duties and to avoid sinful acts. The Prophet (sallallaahu alaihi wasallam) said: Whoever does not abandon false speech, acting upon that (false speech) and (acts of) ignorance (i.e. sins), then Allaah has no need of him abandoning his food and drink. [Reported by Al-Bukhaaree] So when a person is fasting, every time he desires to do a sinful act, he will remember that he is fasting and thus withhold himself from that. This is why the Prophet (sallallaahu alaihi wasallam) ordered the person who is fasting, when cursed at and abused, to say: I am fasting, cautioning him (the reviler) that a person fasting is commanded to refrain from cursing and reviling and reminding himself that he is fasting and cannot counter with cursing.
And from the wisdom behind fasting is that the heart opens to contemplation and remembrance (of Allaah). This is since fulfilling ones desires leads to heedlessness and perhaps the heart becomes hardened and blinded from the truth. This is why the Prophet (sallallaahu alaihi wasallam) advised us to eat and drink little, where he said: The Son of Aadam does not fill a vessel worse than his stomach. [Reported by Ahmad, An-Nasaaee and Ibn Maajah]
And in Saheeh Muslim, Handhala Al-Usaidee RAA, who was one of the scribes of Allaahs Messenger (sallallaahu alaihi wasallam), said to the Prophet (sallallaahu alaihi wasallam): Handhala has become a hypocrite.So Allaahs Messenger (sallallaahu alaihi wasallam) said: Why is that?He said: O Messenger of Allaah, when we are with you, you remind us of the Hellfire and Paradise, as if we see them with our own eyes. But when we depart from you, we meet our wives and our children and our homes and we forget much (of what we heard from you). In the last part of the hadeeth, the Prophet (sallallaahu alaihi wasallam) said to him: But O Handhala, there is a time for this and a time for that (three times). Abu Sulaimaan Ad-Daraanee said: Indeed, when the soul hungers and thirsts, the heart softens and becomes pure. And when it is fed, the heart becomes blinded.
And from the wisdom behind fasting is that the person who has wealth is caused to realize the blessing of wealth that Allaah has bestowed on him, such that Allaah blessed him with food, drink and sexual intercourse. Many people are deprived of these things, so he should praise Allaah for these blessings and thank Him for granting him them. And he should remember his brother who is poor and who probably goes through the day starved and hungry. So he should be generous to him and give him charity so that he can clothe his nudity and satisfy his hunger.
And from the wisdom behind fasting is that it trains one to curb the soul, and it gives one strength to withhold his soul by its bridle, such that one can govern it and lead it towards that which is good for it and what will make it prosper. This is because the soul commands one to do evil, except for those souls that my Lord has mercy on. So when a person undoes and lets go of his (souls) bridle, the soul lands him into many dangers. But when he controls it and curbs it, he is able to lead it to the highest of levels and the greatest of goals.
And from the wisdom of fasting is that the soul is broken down and restricted from having pride, to the point that it humbles itself to the truth and softens itself before the creation. This is because eating, drinking and having sexual intercourse with women  all of these things bring about insolence, arrogance, vanity and pride over people and over the truth. The soul preoccupies itself with trying to obtain these things because of its need for them. So when it obtains these things, the soul feels like it has conquered what it desired and so it falls into the happiness and proudness that is condemned. And this is a cause for its destruction. Only those whom Allaah protects are saved from this.
And from the wisdom behind fasting is that the passageways of blood (in the body) become narrow due to hunger and thirst, so therefore the passageways of the Devil in the human body also become narrower. This is since the Devil flows through the son of Adam like the flowing of blood, as is authentically recorded in the two Saheeh collections. So by fasting, the whisperings of the Devil are subdued and the strength of ones desires and anger are subjugated. This is why the Prophet (sallallaahu alaihi wasallam) said: O young men! Whoever amongst you can afford it, should get married, for it is the best means for lowering ones gaze and the best way of keeping (ones) private parts chaste. But whoever is not able to marry, then let him fast, for it has protection.
And from the wisdom behind fasting are the health benefits that come as a result of it, which are attained by in-taking little food, allowing the digestive system to rest for a specified time, which lets excess wastes and excrements that are harmful to the body be discharged.
So how great and profound is the wisdom of Allaah, and how beneficial are His commandments to His creatures!
O Allaah, give us comprehension of Your Religion and allow us to understand the inner secrets of Your commandments. Rectify for us the affairs of our Religion and our worldly life. And forgive us and our parents and all the Muslims, by Your mercy, O Most Merciful. And may the peace and blessings of Allaah be on Muhammad (sallallaahu alaihi wasallam) and on his family and all his Companions.

BY: Imaam Muhammad bin Saalih al Uthaimeen