ކޮންމެ އަހަރެއްގެ ރޯދަ މަހަކީ ވެސް، އެކްސިޑެންޓަތައް އިތުރުވެ މާރާމާރީއައި ވައްކަން ކުރުން ފަދަ ކުށްތައް އިތުރު މަހެއް. ނަމަވެސް އެފަދަ ކަންތައްތައް ވީހާވެސް މަދު ކުރުމަށް އެހެން އަހަރުތަކާއި ހިލާފަށް އެކަމަށް ޓްރެއިން ކުރެވިފައިވާ ފުލުހުން މާލެ ތެރެ ބެލެހެއްޓުމަށް ނެރޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސަސްއިން މައުލޫމާތުދޭ. އެހެން އަހަރުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ވައްކަމާއި ފޭރުން ފަދަ ކުށްތައް އެންމެ އާއްމުކޮށް ހިންގާފައިވަނީ ރޯދަ ވީއްލާ ވަގުތާއި، ފަތިސް ނަމާދު ވަގުތަށް ނަމާދަށްދާ ވަގުތު ކަމަށްވާތީ ފުލުހުންވަނީ އެވަގުތުތަކަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލާފައި. އަދި ތަންތަނުގެ ސެކިއުރިޓީ ބަލަހައްޓާ ފަރާތްތަކުންވެސް ސަމާލުވުމަށް ފުލުހުން އިލްތިމާސް ކުރޭ........
No comments:
Post a Comment