Friday, August 12, 2011

އިގިރޭސި ވިލާތުގައި މިހާރު ކުރިއަށްދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް އިގިރޭސި ބޮޑުވަޒީރުގެ ކުރައިމް އެޑްވައިޒަރަކަށް ނުއުޔޯކާއި ލޮސް އެންޖެލިސްގެ ފުލުހުންގެ އިސްވެރިޔާ ބިލްބްރެޓަން ހަމަޖައްސައިފި


ބިލް ބްރެޓަން މިމަގާމަށް ހަމަޖެއްސުމައި ގުޅިގެން ބައެއް މީޑިއާތަކުގައި އޭނަ ބުނެފައިވަނީ ހަމަ ނުޖެހުންތައް ނުވަތަ ގޭންގް ވޮއިލެންސް ހުއްޓުވުމަށް މީހުން ހިފާ ހައްޔަރު ކުރުމަކީ ވަގުތީ ހައްލެއް ކަމަށައި، ދާއިމީކޮށް އެކަން ހައްލު ކުރުމަށް އެހެން މަގުތަކެއް ފަހި ކުރަން ޖެހޭނެ ކަމަށް. އިގިރޭސި ވިލާތުގައި މިހަރު ކުރިއަށްދާ ހަމަ ނުޖެހުންތަކުގައި މިހާތަނަށް ސޯޅަސަތޭކައެއްހާ މީހުންވަނީ ހައްޔަރުކޮށްފައި. ބިލްބްރެޓަން ވިދާޅުވީ އޭނާގެ މަސައްކަތަކީ އެމެރިކާގައި އެފަދަ ކަންތައްތައް ހައްލު ކުރުމަށް ބޭނުންކޮށްފައިވާ އުކުޅުތައް ބޭނުން ކޮށްގެން ހައްލެއް ލިބޭތޯ ބެލުން ކަމަށް. ބޮޑުވަޒީރުގެ ކުރައިމް އެޑްވައިޒަރަކަށް ބިލްބްރެޓަން ވަގުތީ ގޮތުން ހަމަޖެއްސި ނަމަވެސް އެމަގާމަކީ ދާއިމީ މަގާމެއް ނޫން ކަމަށް މައުލޫމާތު ލިބޭ.

No comments:

Post a Comment