Friday, August 26, 2011

ލީބިޔާގައި ހަމަޖެހުން ގާއިމު ކުރުމަށް އަވަސް ވެގަތުމަށް އދއިން ގޮވާލައިފި.


ލީބިޔާގައި ހަރަކާތްތެރިވާ ބައިނަލް އަގުވާމީ ފަރާތްތަކަށް ހާސްކޮށް ދެއްވި ތަގުރީރެއްގައި އދގެ ސެކެރެޓަރީ ޖެނެރަލް ބަންކީ މޫން ވިދާޅުވީ ލީބިޔާ މިހާރު މުޅިން އާ ހަރުފަތަކަށް ވެއްޓިފައިވާ ކަމަށް. އެގޮތުން އެގައުމުގައި މިހާރު ކުރަން ޖެހިފައިވާ މަސައްކަތަކީ ސުލްހަވެރިކަމާއި ހަމަޖެހުމާއި އެކު ވެރިކަން ބަދަލު ކުރުން ކަމަށް ބަންކީ މޫން ވިދާޅުވި. ލީބިޔާގެ ވެރިރަށް ޓްރިޕޮލީ އިދިކޮޅު ހަނގުރާމަ ވެރިންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ އިރު، އަދި ވެސް އެގައުމުގެ އުތުރުގައި ހަމަލާ ބަދަލު ކުރެވެމުންދާ ކަމަށް ހަބަރުތައް ބުނޭ. ލީބިޔާގައި ހަމަނުޖެހުންތައް އާއްމު ވެފައިވާ އިރު، ސާފު ބޯފެނާއި ކަރަންޓު އެގައުމުގެ ބައެއް ރައްޔިތުން މަހުރޫމު ވެގެން ތިބޭތާ އެތައް ދުވަހެއްވަނީ ފާއިތުވެގެން ގޮސްފައި.

No comments:

Post a Comment