ގައްޒާފީގެ ސަރުކާރައި ދެކޮޅަށް ލީބިޔާގައި ހަނގުރާމަ ކުރަމުންދާ އިދިކޮޅު ފަރާތްތަކުގެ ތަރުޖަމާނަކު ބައެއް މީޑިއާތަކަށް ކަށަވަރުކޮށްދީފައިވާ ގޮތުގައި ވެރިރަށް ޓްރިޕޮލީއާއި ފަންސާސް ކިލޯމީޓަރު ދުރުގައި އޮންނަ ބްރެގާއަށް އިދިކޮޅު ހަނގުރާމަވެރިން ވަދެގަނެފައިވަނީ ގައްޒާފީގެ ފައުޖުތަކުން އެރަށް ދޫކޮށްލުމުން ކަމަށް ބައެއް ރިޕޯޓުތައް ބުނޭ. އަލް ޒަވިއްޔާ އިދިކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށަށް ގެންދެވިފައިވަނީ އިއްޔެ. ހަބަރު ފަތުރާ ވަސީލަތްތަކުން މަުއލޫމާތުދޭ ގޮތުގައި ވެރިރަށް ޓްރިޕޮލީއަށް އިދިކޮޅު ހަނގުރާމަވެރިން ވަނީ ވަރުގަދަ ހަމަލާތަކެއްދީފައި.
No comments:
Post a Comment