ބުރާސްފަތި ދުވަހު ހިނގި ހާދިސާގައި އެފަސް މީހުންގެ ގަޔަށް ބަޑި ޖަހާ މަރާލާފައިވަނީ އޮޅުމަކުން ކަމަށް އިޒްރާއިލުންވަނީ ބުނެފައި. ނަމަވެސް މިސްރުގެ ގިނަ އަދަދެއްގެ ބަޔަކުވަނީ ވެރިރަށް ގާހިރާގައި ހުންނަ އިޒްރާއިލުގެ އެމްބަސީ ކައިރިއަށް ގޮސް މުޒާހަރާކޮށްފައި. އަދި އެމައްސަލަ ފުރިހަމައަށް ތަހުގީގު ކުރުމަށް ފަހު ބަޑި ޖެހި އިޒްރާއިލުގެ ސިފައިންނައި މެދު ފިޔަވަޅު އެޅުމަށް ގޮވާލާފައި. މުޒާހަރާ ކުރިން މީހުންވަނީ އިޒްރާއިލުގެ އެމްބެސެޑަރ މިސްރުން ބޭރު ކުރުމަށް ގޮވާލާފައި. މިސްރުގެ ވަގުތީ ސަރުކާރުން މިހާރުވަނީ އިޒްރާއިލުގައި ހުންނަ އެގައުމުގެ ސަފީރު އެގައުމަށް ގެނެސްފައި. އަދި އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމަކަށް އިޒްރާއިލުގެ ސަފީރު ހާޒިރުކޮށްފައިވޭ. މިބައްދަލުވުމުގައި ބަޑި ޖެހުމުގެ ހާދިސާއައި ބެހޭ ގޮތުން ސުވާލުކޮށްފައިވޭ.
No comments:
Post a Comment