Friday, September 2, 2011

އިޒްރާއިލާއި އެކު އޮންނަ ގުޅުން ހީނަރުކޮށް އަސްކަރީ ގުޅުން މެދު ކަނޑާލުމަށް ތުރުކީވިލާތުން ނިންމައިފި



ތުރުކީ ވިލާތުން މިގޮތަށް ނިންމާފައިވަނީ ދެހާސް ދިހަވަނަ އަހަރުގެ ،މޭމަހުގެ އެއްތިރީސް ވަނަ ދުވަހު ފަލަސްތީނަށް އެހީގެ ތަކެތި ހިފައިގެން ދިޔަ ބޯޓަކަށް އިޒްރާއިލު ސިފައިން ހަމަލާދީ އޭގެން ދަތުރު ކުރި ފަޅުވެރިން ރަހުމު ކުޑަކޮށް މަރާލާފައިވާ މައްސަލާގައި އދއިން އެކުލަވާލާފައިވާ ރިޕޯޓުގެ މައްޗަށް ބިނާކޮށް. ތުރުކީގެ ވެރިރަށް އަންކާރާގައި ހުންނަ އިޒްރާއިލުގެ ސަފީރުވެސްވަނީ މިހާރު އެގައުމަށް ފޮނުވާލާފައި. ތުރުކީވިލާތުންވަނީ މިމައްސަލާގައި މާފަށް އެދުމަށް އިޒްރާއިލަށް ތަކުރާރުކޮށް ގޮވާލާފައި. ނަމަވެސް އިޒްރާއިލުންވަނީ މާފަށް އެދުމަށް އިންކާރުކޮށްފައި. އިޒްރާއިލުން ގައްޒާ ހިސޯރުކޮށްފައި އޮތްއޮތުމަކީ ބައިނަލް އަގުވާމީ އިންސާނީ ހައްގުތަކާއި ހުރިހާ ގާނޫނަކާއި ވެސް ތައާރުޒްވާ ކަމެއް ކަމަށާއި، އިޒްރާއިލުންވެސް އެކަންތައްތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށް ތުރުކީވިލާތުން ބުނޭ. ފަލަސްތީނުގެ ގައްޒާ ހިސޯރުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އިންޓަނޭޝަނަލް ކޯޓު އޮފް ޖަސްޓިސްއަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް ތުރުކީވިލާތުންވަނީ ބުނެފައި.

No comments:

Post a Comment