އިޒްރާއިލުގެ ކެބިނެޓުން ކޮންމެ ހަފްތާއަކު އެއްފަހަރު ބާއްވާ ބައްދަލުވުމުގައި އދ ތައްޔާރުކޮށްފައިވާ ރިޕޯޓާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ނަތަންޔާހޫ ބުނީ އެހީގެ ތަކެތި ހިފައިގެން އައި ބޯޓުތައް ހައްޔަރު ކުރުމުގައި ހަރަކާތްތެރިވި އިޒްރާއިލުގެ ސިފައިން ހަރަކާތްތެރި ވެފައިވަނީ އެމީހުންގެ އަމިއްލަ ދިފާއުގައި ކަމަށް. ނަމަވެސް އިޒްރާއިލާއި ތުރުކީއާއި ދެމެދު އޮތް ގުޅުން ހީނަރުވުމަށް ބޭނުން ނުވާ ކަމަށައި މިމައްސަލާގައި ހައްލު ހޯދާނެ އިތުރު ގޮތެއް އޮވެދާނެ ކަމަށް ނަތަންޔާހޫ ބުނި. މިދިޔަ އަހަރުގެ މޭމަހުގެ އެއްތިރީސް ވަނަ ދުވަހު ފަލަސްތީނަށް އެހީގެ ތަކެތި ހިފައިންގެން ކަނޑުމަގުން ދިޔަ ބޯޓުތަކަށް ހަމަލާދިން މައްސަލާގައި އދއިން އެކުލަވާލާފައިވާ ރިޕޯޓު އިޒްރާއިލުގެ ކޮޅަށް ބަރުވެފައިވީ ނަމަވެސް، އެރިޕޯޓުގައި އިޒްރާއިލުން މާފަށް އެދެން ޖެހޭނެ ކަމަށާއި އިޒްރާއިލު ސިފައިން ބާރުގެ ބޭނުން މާބޮޑަށް ކޮށްފައިވާ ކަމަށް ބުނެފައިވޭ. އަދި އެމައްސަލާގައި މަރުވި މީހުންގެ އާއިލާތަކަށް މަރުގެ ދިޔަ ވެސް ދޭން ޖެހޭނެ ކަމަށް އދގެ ރިޕޯޓުގައި ބުނެފައިވޭ. އދގެ ނިންމުމާއި ކަނޑައެޅިގެން ދެކޮޅު ހެދުމަކީ އިޒްރާއިލުން ތަކުރާރުކޮށް ކުރަމުންދާ މަސައްކަތެއް. ނަމަވެސް މިމައްސަލާގައި އިޒްރާއިލާއި މެދު އެއްވެސް ފިޔަވަޅެއް މިހާތަނަށް އަޅާފައެއް ނުވޭ.
No comments:
Post a Comment