އައްބާސް މިހެން ވިދާޅުވީ ހުކުރު ދުވަހު ފަލަސްތީނުގެ ރައްޔިތުންނާއި މުހާތަބުކޮށް ކުރެއްވި ތަގުރީރެއްގައި. އައްބާސް ވިދާޅުވީ ފަލަސްތީނަށް އދގައި ގޮޑިއެއް ބޭނުންވާ ކަމަށް. މިމަހުގެ ތޭވީސްވަނަ ދުވަހު އދގެ ސަލާމަތާއި ބެހޭ ކައުންސިލުގައި އައްބާސް ދެއްވާ ތަގުރީރަށްފަހު ފުރިހަމަ މިނިވަން ކަން ހޯދުމަށް ހުށަހަޅާނެ ކަމަށް ވެސް އައްބާސް ވިދާޅުވި. އައްބާސް ވިދާޅުވީ މިހާތަނަށް ސަތޭކަ ވިހި ގައުމަކުން ފަލަސްތީނަށް ތާއިދު ކުރުމަށް ނިންމާފައިވާ ކަމަށް. އިޒްރާއިލާއި އެކު ކުރިއަށްދާ ސުލްހައިގެ ވާހަކަތަކަށް އިޝާރާތް ކުރައްވާ އައްބާސް ވިދާޅުވީ، ފާއިތުވީ ތަނުގައި ވެސް އިޒްރާއިލާއެކު ދެއްކި ވާހަކަތަކުން ފަލްސްތީނު ރައްޔިތުންގެ ވަގުތު ބޭކާރުކުރުން ނޫން ކަމެއް ލިބިފައިނުވާ ކަމަށް. އަންނަ ހަފްތާގައި އޮންނަ އދގެ ޖެނެރަލް އެސެމްބްލީގައި ފުރިހަމަ މިނިވަން ކަން ހޯދުމަށް ހުށަހަޅާނެ ކަން މަހުމޫދު އައްބާސް އިއުލާން ކުރެއްވީ، ފަލަސްތީނަށް މިނިވަން ކަން ހޯދުމަށް ހުށަހަޅަން ނިންމި ނިންމުން އަނބުރާ ގެންދާނެ ކަމަށް ގިނަ ބަޔަކު ދެކެމުންދަނިކޮށް. ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށް އދއަށް ހުށަހަޅައިފި ނަމަ ސުލްހައިގެ ވާހަކަތައް އެއްވެސް ވަރަކަށް ކުރިއަށް ނުގެންދާނެ ކަމަށް އިޒްރާއިލުންވަނީ. ސުލްހައިގެ ވާހަކަތަކަށް އެތައް ގަރުނެއް ވެގެން ގޮސްފައިވާ އިރު ފަލަސްތީނަށް އެކަމުގެ ސަބަބުން ލިބުނު އެއްވެސް މަންފާއެއް ނެތް. ފުރިހަމަ މިނިވަން ކަން ހޯދުމަށް ހުށަހަޅައިފިނަމަ އެމައްސަލައެއް ސަލާމަތާއި ބެހޭ ކައުންސިލުގައި ވީޓޯ ކުރާނެ ކަމަށް އެމެރިކައިންވަނީ ބުނެފައި.
No comments:
Post a Comment