Friday, September 9, 2011

ކުރީގެ ރައީސް މައުމޫނު ޑީއާރޕީން ވަކިވެވަޑައިގެން، ޕީޕީއެމްގެ ނަމުގައި އާ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތްޕުޅު ފައްޓަވައިފި



ސިޔާސީ ހަޔާތައި މުޅިން ވަކިވެވަޑައިގެންނެވިކަން އިއުލާން ކުރެއްވުމަށްފަހު، ޑީއާރޕީގެ ތެރޭގައި އުފެދިގެން ދިޔަ ޒެޑް ފެކްޝަނުގައި އިސްކޮށް ހަރަކާތްތެރިވާ މެމްބަރުންނާއި އެކު މައުމޫނު ފެއްޓެވި އާ ސިޔާސީ ހަރަކާތް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ބުރާސްފަތި ދުވަހު އިލެކްޝަންސް ކޮމިޝަނުންވަނީ ހުއްދަދީފައި. ޕީޕީއެމް ނުވަތަ ޕްރޮގްރެސިވް ޕާޓީއަށް ޑީއާރޕީގެ ތެރެއިން ގިނަ ބަޔަކު ދާނެ ކަމަށް ބެލެވޭ އިރު، އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މެދުގައި އުފެދުނު އިތުރު ސިޔާސީ ހަމަ ނުޖެހުމުގެ ސަބަބުން ދެހާސް ތޭރަވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަކީ މިސަރުކާރަށް ފަސޭހަ ކަމަކަށް ވެގެންދާނެ. ޕީޕީއެމްގައި އިސްކޮށް އުޅުއްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި އާ ސިޔާސީ ޕާޓީއަކައި ދިމާލަށް މިސްރާބު ޖަހާފައިވަނީ ޑީއާރޕީގެ ތެރެއިން ސަރުކާރު ޒިންމާދާރު ކުރުވުމުގެ ފުރުސަތު ނުލިބުމުން. ޕީޕީއެމްގެ ވާހަކަތަކަށް ޑިއާރޕީން ރައްދުދީފައިވަނީ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް އެފަރާތްތަކުން ފަށާފައިވަނީ އެބޭފުޅުން ބޭނުންވި ވަކި ކަންތައްތަކެއް ޑީއާރޕީގެ ތެރެއިން ހާސިލު ނުވުމުން.

No comments:

Post a Comment