Saturday, September 3, 2011

އިޒްރާއިލުން ހިފާފައިވާ ހުޅަނގު ބިތުގައި ވަޒަންވެރިވެގެން އުޅޭ އިޒްރާއިލު މީހުންނަށް ހަތިޔާރުދީ ފަލަސްތީނުގެ މީހުން ދީފާނެ ހަމަލާއަކުން ދިފާއުވުމަށް ދަސްކޮށްދެނީ



އިޒްރާއިލުގެ ސަރުކާރުން މިގޮތަށް ނިންމާފައިވަނީ އަންނަ މަހު އދގައި ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް އެދި ހުށަހަޅާ ހުށަހެޅުން އިޒްރާއިލާއި އެއްކޮޅަށް ނިމިއްޖެ ނަމަ ފަލަސްތީނުގެ މީހުން ދީފާނެ ގެއްލުމަކުން ސަލާމަތްވުމަށް. އެގޮތުން އިޒްރާއިލުގެ ސިފައިންވަނީ އަތު ބޮމާއި، ކަރުނަ ގޭސް އާއްމުންގެ އަތަށް ދިނުމަށް ނިންމާފައި. ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކަކީ ސުލްހައިގެ ވާހަކަތަކަށް އެޅޭ ހުރަހެއް ކަމަށް އިޒްރާއިލުންވަނީ ބުނެފައި. އިޒްރާއިލާއި އިޒްރާއިލުގެ ބައިވެރިންދަނީ މިހާރުވެސް ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ވިއަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރަމުން. އެގޮތުން އެމެރިކާއިންވަނީ ފަލަސްތީނަށް ދެމުން ގެންދާ މާލީ އެހީތައް ހުއްޓާލާނެ ކަމުގެ އިންޒާރު ނުރަސްމީކޮށް ފަލަސްތީނަށް ދީފައި.

No comments:

Post a Comment