ތުރުކީވިލާތުން މިގޮތަށް ނިންމާފައިވަނީ ވޭތުވެ ދިޔަ އަހަރު އެހީގެ ތަކެތި ހިފައިގެން ގައްޒާއަށް ދިޔަ ބޯޓުތަކަށް ހަމަލާދީ އޭގެން ދަތުރު ކުރި މީހުންތައް މަރާލި މައްސަލާގައި މާފަށް އެދުމަށް އިޒްރާއިލުގެ ބޮޑު ވަޒީރު ނަތަން ޔާހޫ ދެކޮޅު ހެދުމުން. ތުރުކީވިލާތުގެ ބޮޑު ވަޒީރު ތޮއްޔިބު އަރުދޮޤާން ވިދާޅުވީ ގައްޒާއަށް އެހީތެރިވެދިނުމަށް ތުރުކީވިލާތުން އަދިވެސް ބޭނުންވާ ކަމަށް. ނަމަވެސް ދެހާސްދިހަވަނަ އަހަރު ހިނގިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދެއްވާނެ ކަމަށް އަރުދޮޤާން ވިދާޅުވި. ތުރުކީގެ ކަނޑުގެ ސިފައިން އެޖހީގެ ތަކެތި ހިފައިގެންދާ އުޅަނދުތައް ހިމާޔަތް ކުރާނެ ކަމަށް އަރުދޮޤާން ވިދާޅުވި. ތުރުކީވިލާތުގެ ނިންމުމަށް ފާޑު ކިއުމަށް އިޒްރާއިލުންވަނީ ދެކޮޅު ހަދާފައި. އަރުދޮޤާންގެ މިނިންމުމަށް ތުރުކީގެ އިދިކޮޅު ފަރާތްތަކުންވަނީ ވަރަށް ބޮޑަށް ފާޑު ކިޔާފައި.
No comments:
Post a Comment