Tuesday, September 20, 2011

މިނިވަން ކަމާއި ޑިމޮކްރަސީ ގައިމު ކުރުމަށް މުޅި ދުނިޔޭގައި ހަނގުރާމަ ކުރަމުންދާ އެމެރިކާއިން ފަލަސްތީނުގެ މިނިވަން ކަމަށް ހުރަސް އަޅަނީ


ފަލަސްތީނުގެ މިނިވަން ކަމަށް ހުރަސް އެޅުމަށް އެމެރިކާއިން ކުރަމުން ގެންދާ މަސައްކަތްތަކާއި މެދު ހައިރާންވެވަޑައިގަންނަވާ ކަމަށް ފަލަސްތީނުގެ ހާރިޖީ ވަޒީރު ވިދާޅުވެއްޖެ. އަލްޖަޒީރާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން، ރިޔާޒު އަލް މާލިކީ ވިދާޅުވީ، ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށާއި، އދއިން ގޮނޑިއެއް ހޯދުމަށް ކުރަމުން ގެންދާ މަސައްކަތްތައް ހުއްޓުވުމަށް، އެމެރިކާއިން އިންޒާރުދީ، ޕްރެޝަރުކޮށް، ތަފާތު އެތައް ގޮތަކަށް މަސައްކަތް ކުރަމުންދާ ކަމަށް ރިޔާޒު ވިދާޅުވި. އަދި އެހެން ގައުމުތަކުން މިމައްސަލާގައި ތާއިދު ނުކުރުމަށް ބާރު އަޅަމުންދާ ކަމަށް ވެސް ރިޔާޒު ވިދާޅުވި. މުޅި ދުނިޔޭގައި މިނިވަންކަމައި ޑިމޮކްރަސީ ގާއިމު ކުރުމުގެ ނަމުގައި ހަނގުރާމަ ކުރަމުން ގެންދާ އެމެރިކައިންވަނީ ފަލަސްތީނަކީ މިނިވަން ދައުލަތަކަށް ހެދުމަށް ކުރާ މަސައްކަތްތައް ހުއްޓާލުމަށް ތަކުރާރުކޮށް އިންޒާރުދީފައި. ނަމަވެސް ފަލަސްތީނުގެ ސަރުކާރުން އެކަމަށް ފަސް ނުޖެހުމުން، އެމައްސަލަ ސަލާމަތާއި ބެހޭ މަޖިލީހުގައި ވީޓޯ ކުރާނެ ކަމަށް އެމެރިކާއިންވަނީ ބުނެފައި. ނަމަވެސް ހާރިޖީ ވަޒީރު ރިޔާޒު ވިދާޅުވީ އެކަމައި މެދު އެއްވެސް ވަރަކަށް ޖެހިލުންވެވަޑައި ނުގަންނަވާ ކަމަށް. އަދި ވީޓޯ ނުކޮށްފި ނަމަ ސަލާމަތީ މަޖިލީހުގެ ފަނަރަ މެމްބަރު ގައުމުގެ ތެރެއިން ނުވަ ގައުމަކުން ވޯޓު ދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް ރިޔާޒު ވިދާޅުވި.

No comments:

Post a Comment